ދިވެހި ރެޑް ކްރެސެންޓްގެ ސްރީ ލަންކާ ރިލީފް ފަންޑާބެހޭ އާންމު ސުވާލުތައް
1. ދިވެހި ރެޑް ކްރެސެންޓްގެ ސްރީ ލަންކާ ރިލީފް ފަންޑަކީ ކޮބައި؟
ދިވެހި ރެޑް ކްރެސެންޓްގެ ސްރީ ލަންކާ ރިލީފް ފަންޑަކީ، ސައިކްލޯން ދިތުވާ އާ ގުޅިގެން ދިމާވި އިންސާނީ ކާރިސާއަށް، ސްރީ ލަންކާ ރެޑް ކްރޮސް ޖަމާއަތުން މިހާލަތަށް އިޖާބަދިނުމަށް އަދި އަނބުރާ ޙާލަތަށް ރުޖޫޢަވުމުގެ މަސައްކަތްތަކަށް އެހީވުމަށްޓަކައި، 01 ޑިސެމްބަރު 2025 ން 08 ޑިސެމްބަރު 2025ގެ ނިޔަލަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
2. އެއްކުރެވޭ ފައިސާ ބޭނުންކުރާނީ ކިހިނެއް؟
ބެންކްގެ ހަރަދުތަކަށް އެކަނި ކެނޑުމަށްފަހު، މި ފަންޑަށް ލިބޭ ހުރިހާ ފައިސާ އެއް ފޯރުކޮށްދެވޭނީ ކާރިސާއިން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ސްރީ ލަންކާ ރެޑް ކްރޮސް ސޮސައިޓީއަށެވެ. މިފަންޑްއަށް ލިބިގެންދާ ފައިސާ ބޭނުން ކުރެވިގެންދާނީ:-
· ފުރަތަމަ އެހީ އަދި ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް
· ޞިއްޙީ ޚިދުމަތްތައް
- ބޯފެން، ކާބޯތަކެތި، އަންނައުނު، ފޯރުކޮށްދިނުމަށް
- ފެނާއި، ނަރުދަމާގެ ނިޒާމްތައް ވަގުތީގޮތުން ޤާއިމްކުރުމަށާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް
- ގެއްލިފައިވާ ފަރާތްތައް ހޯދާ، ސަލާމަތްކުރުގެ މަސައްކަތްތަކަށް
- މުޖުތަމަޢުގެ ބޭނުންތައް ދެނެގަތުމުގެ އަވަސް އެސެސްމެންޓުތައް
މިފައިސާ ހަރަދުކުރެވޭގޮތް ބަލަހައްޓާނީ ސިދާ ސްރީ ލަންކާ ރެޑް ކްރޮސް ޖަމާއަތުގެ ދަށުންނެވެ.
3. ސްރީ ލަންކާއަށް ފައިސާ ފޮނުވާނީ ކިހިނެއް؟
ދިވެހި ރެޑް ކްރެސެންޓް އިން މި ފައިސާ ސްރީ ލަންކާ ރެޑް ކޮރޮސް ޖާމާތަށް ފޮނުވާނީ ބޭންކުތަކާއި، ވިޔަފާރިތަކާއި، އައި.އެފް.އާރް.ސީ. ގެ ނެޓްވޯކާ ގުޅިގެން އެހީތެރިކަން ހޯދައިގެންނެވެ. ފުރަތަމަ ފޮނުވާ ފައިސާގެ ބައި އަވަސްކުރުމަށްޓަކައި ޑޮލަރުން އެހީތެރިވުމަށް ވަރަށް ބޮޑަށް ބާރުއަޅައެވެ.
4. އެމް.އާރް.ސީ. އިން އެހީގެ ފައިސާއިން އެޑްމިނިސްޓްރޭޓިވް ފީއެއް ނަގާނެތަ؟
ނޫނެކެވެ. ދިވެހި ރެޑް ކްރެސެންޓްއިން އިން މިފަންޑަށް ލިބިގެންދާ ފައިސާއިން އެއްވެސް އެޑްމިނިސްޓްރޭޓިވް ނުވަތަ އޮފީސް ހިންގުމުގެ ޚަރަދެއް ނުނަގާނެއެވެ. ނަމަވެސް، މިފަންޑަށް ލިބިގެންދާ ފައިސާ ޓްރާންސްފަރ ކުރުމަށް ހިނގާފާނެ ބެންކް ހަރަދެއް މިފަންޑްއިން ކެނޑިގެންދާނެއެވެ. މިކަމަށްދާ ހަރަދު އާންމުންނަށް އަންގާނެއެވެ.
5. ސްރީ ލަންކާއަށް އެހީތެރިކަން މިހާ އަވަހަށް ބޭނުންވަނީ ކީއްވެ؟
ސައިކްލޯން ދިތުވާގެ ސަބަބުން ސްރީ ލަންކާގެ ގިނަ ސަހައްދުތަކެއްގައި ފެން ބޮޑުވެ، ބިންގަނޑު ކަނޑައެޅިގެން ދިއުމާއި ކޯރުތައް ބަންޑުންވުމާއި ގުޅިގެން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ ތެރޭގައި :-
- ބައެއް ޑިސްޓްރިކްޓުތަކަށް 540 މިލިމީޓަރަށ ގިނައިން ވާރޭވެހި، މައިގަނޑު ކޯރުތައް ބަންޑުންވެ ގިނަ ސަހައްދުތަކެއްގައި ވަނީ ފެން ބޮޑުވެފައި.
- 9 ޕްރޮވިންސުގެ 12 މިލިއަން އަށް ވުރެ ގިނަ ރައްޔިތުންނަށް އަސަރުކުރުން.
- 41 ގެ މުޅިން ހަލާކުވެ، 666 ގެއަށް ގެއްލުންވުން. އެކަހެރިވެފައިވާ ރަށްފުށުގެ ސަރަހައްދުތަކަށް އެސެސްމަންޓް ޓީމުތަކަށް ވާސިލުވެވުމުން މި އަދަދުތައް އަދިވެސް އިތުރުވާނެ ކަމަށް ލަފާކުރެވެ
- ޤައުމީ ފެންވަރުގައި ކުއްލި ޙާލަތު އިއުލާންކުރުން
6. ސްރީ ލަންކާގެ ރެޑް ކޮރޮސް ޖަމާއަތުން ކާރިސާއަށް ޖަވާބުދެނީ ކިހިނެއް؟
ސްރީ ލަންކާގެ ރެޑް ކޮރޮސް ޖަމާއަތުން ވަނީ މިހާލަތަށް އިޖާބަދިނުމުގެ މަސައްކަތް ކުރިޔަށް ގެންދަމުންނެވެ. މީގެ ތެރޭގައި :-
- ޖަމާއަތުގެ ބްރާންޗްތަކުން އަދި 3500 ގިނަ ދަރުމަވެރިން އިޖާބަދިނުމަށް ދަނީ ހަރަކާތްތެރިވަމުން
- ފުރަތަމަ އެހީ އަދި ނަފްސާނީ ފުރަތަމަ އެހީގެ ހިދުމަތްތައް ފޯރުކޮށްދިނުން
- ބޯފެން، ކާބޯތަކެތި، އަންނައުނު، ފޯރުކޮށްދިނުމަށް
- ފެނާއި، ނަރުދަމާގެ ނިޒާމްތައް ވަގުތީގޮތުން ޤާއިމްކުރުމަށާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް
- ގެއްލިފައިވާ ފަރާތްތައް ހޯދާ، ސަލާމަތްކުރުގެ މަސައްކަތްތަކަށް
- މުޖުތަމަޢުގެ ބޭނުންތައް ދެނެގަތުމުގެ އަވަސް އެސެސްމެންޓުތައް
- ޑެންގީ އަދި ފެނުން ޒަރިއްޔާއިން ފެތުރޭ ބަލިމަޑުކަން ހުއްޓުވުމަށްޓަކައި ސިއްހީ ނިޒާމް ވަރުގަދަކުރުން
މަގުތައް ބަންދުވުމާއި، ގެއްލުންވެފައިވާ އުމްރާނީ ތަރައްޤީއާއި، ކޮމިއުނިކޭޝަން މެދުކެނޑުންތަކާއި، އެކަހެރި ހިސާބުތަކަށް ވަނުމަށް ދަތިވުން ފަދަ ގޮންޖެހުންތަކާ އެމީހުން އަދިވެސް ކުރިމަތިލާންޖެހެއެވެ.
7. އެހީ ދިނުމަށް ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް އެހީ ދޭން ޖެހެނީ ކީއްވެ؟
އިންސާނިއްޔަތަށްޓަކައި ކުރެވޭ ކޮން މަސައްކަތަކީވެސް ދިވެހި ރެޑް ކްރެސެންޓްއިން ބަލައިގަންނާނެ އަދި ގިނަ ބަޔަކު އެކުވެގެން ކުރެވޭ މަސައްކަތެކެވެ. ދިވެހި ރެޑް ކްރެސެންޓްއިން މަސައްކަތް ކުރަނީ ބައިނަލްއަޤްވާމީ އިންސާނީ އެހީދިނުމުގައި ގެންގުޅޭ ހަމަތަކުގެ މަތިން ދެފުއް ފެންނާނެވެ. އެގޮތުން، ދިވެހި ރެޑް ކްރެސެންޓްގެ އަމާޒަކީ ފައިސާ އެއްކުރެވޭ މަސައްކަތުގެ މައުލޫމާތާއި އެހީއަށް އެއްކުރެވޭ ފައިސާ ފޯރުކޮށްދިނުމާއި އެފައިސާ ބޭނުންކުރެވޭގޮތް ވިލަރެސްކޮށް ހާމަކުރުމެވެ. މިފައިސާގެ ކަންކަން ބެލެއްހެޓުމަށް ދިވެހި ރެޑް ކްރެސެންޓްގެ ހިންގުމުގެ އޮނިގަނޑުގައި މުސްތަގިއްލުކޮށް މަސައްކަތްކުރާ ކަމުގެ ތަޖުރިބާހުރި މެމްބަރުން އެކުލެވޭ ފައިނޭސް ކޮމިޝަންތަކާއި ޝަކުވާ ބަލާ ކޮމިޓީތައްވެސް ހިމެނެއެވެ. މީގެ އިތުރުން ފަންޑްގެ ފައިސާ ސީދާ ސްރީލަންކާ ރެޑް ކްރޮސް ޖާމާއަތަށް ފޮނުވޭނެކަން ކަށަވަރުކުރެވިގެންދާނެއެވެ. އަދި ފަންޑް ފޯރުކޮށްދިނުމުގައި ރެޑް ކްރޮސް ރެޑް ކްރެސެންޓްގެ ފައިސާގެ ޒިންމާދާރުކަމުގެ މިންގަނޑުތައް ދެމެހެއްޓިގެންދާނެެއެވެ/
މީގެ އިތުރުން، ފައިސާ ބޭނުންވަނީ އެންމެ ބޮޑަށް ކޮން ދާއިރާތަކަށްކަން ކަށަވަރުކުރުމަށް ދިވެހި ރެޑް ކްރެސެންޓް އިން އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް ރެޑް ކްރެސެންޓް ސޮސައިޓީސް (އައި.އެފް.އާރް.ސީ) އާއި ސްރީ ލަންކާގެ ރެޑް ކްރޮސް ޖަމާއަތާއެކު ގާތުން މަސައްކަތްކުރަމުން ގެންދާނެއެވެ.
8. ދުވަހުގެ މުއްދަތަށްފަހު އެހީ ދެވިދާނެތަ؟
މި ވަގުތަށް ފަންޑު ހުޅުވާފައިވަނީ 1 އިން 8 ޑިސެންބަރު 2025 އަށެވެ. ދިވެހި ރެޑް ކްރެސެންޓްއިން ދަނީ ހާލަތު ބަލާ ސްރީ ލަންކާގެ ރެޑް ކްރޮސް ޖަމާއަތުގެ އެންމެ ފަހުގެ މައުލޫމާތު އެއްކުރަމުންނެވެ. ހަލާތު ކުރިޔަށްދާ ގޮތަށް ބަލާ، ފަންޑްގެ މުއްދަތަށް އެއްވެސް ބަދަލެއް އަންނަނަމަ، ދިވެހި ރެޑް ކްރެސެންޓްގެ ވެބްސައިޓް އަދި ސޯށަލް މީޑިޔާ މެދުވެރިކޮށް އާންމުންނާސް އަންގާނެވެ.
މުއްދަތު އިތުރުކުރުން ގުޅިގެންދާނީ ސްރީ ލަންކާގެ ޙާލަތު އާންމުންގެ އެދުމަށެވެ. މުއްދަތު އިތުރުކުރާ ނަމަ އެމް.އާރް.ސީ.ގެ ވެބްސައިޓާއި ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް މަޢުލޫމާތު ދެވޭނެއެވެ.
9. މަޢުލޫމާތުތައް ލިބޭނެ ގޮތްތަކަކީ ކޮބައި؟
ދިވެހި ރެޑް ކްރެސެންޓް އިން ޙާލަތުގެ އަޕްޑޭޓުތައް ޝާއިޢުކުރާނެ ގޮތްތައް:
- އެމް.އާރް.ސީ.ގެ ރަސްމީ ވެބްސައިޓު. – www.redcrescent.org.mv
- އެމް.އާރް.ސީ.ގެ ސޯޝަލް މީޑިއާ ޗެނަލްތައް - @maldivianrc
- ސްރީ ލަންކާގެ ރެޑް ކްރޮސް ޖަމާއަތުގެ ވެބްސައިޓް - www.redcross.lk